hulhudhaan.com

ސުވާލާއި ޖަވާބު – ގުރޭޑް: 8 ގެ މުޤައްރަރުން
އަދަބިއްޔާތު - އަދަބުގެ ތަޢާރަފް
ބުރާސްފަތި, 05 ޖެނުއަރީ 2012 15:24


------------------------------------------------------------------------------------------------

1. ދިވެހި އަދަބިއްޔާތު މާނަ ކުރެވެނީ ކޮން ގޮތަކަށް ؟

ޖ. ދިވެހިބަހުން ލިޔެފައިވާ ލިޔުންތަކާއި ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ބޭނުންކުރެވެމުންދާ

ޅެމުގެ ބާވަތްތައް

2. ދިވެހި އަދަބިއްޔާތު ބަހާލެވިފައިވާ ދެ ބަޔަކީ ކޮބާ؟

ޖ. ލިޔުންތެރިކަމުގެ ބަޔާއި ޅެންވެރިކަމުގެ ބައި

3. ރާއްޖޭގައި މީހުން އާބާދުވީއްސުރެ ލިޔެކިޔުމުގެ ކަންތައްތައް ހިގާފައިވާކަން ސާބިތުވެއެވެ. އެއީ ކޮންކަމަކުން؟

ޖ. އެއީ މިކަމަށް ހެކިދޭ އާސާރީ ކިތަންމެ އެއްޗެއް މިފަސްގަޑުން ފެންނަންހުރީމައެވެ.

4. ދިވެހި އަދަބިއްޔާތުގެ ލިޔުންތެރިކަމުގެ މުއްސަނދިކަން ހާމަވާ ދަލީލު ތަކަކީ ކޮބާ؟

ޖ. ކުރުވާހަކައާއި ދިގު ވާހަކަ ، ބަޔޮގުރަފީ އާއި ދަތުރު ނާމާ

 

ޢިލްމީ އެކިއެކި މަޢުޟޫއަށް ލިޔެފައިވާ ބޮޑެތި ފޮތްތައް

5. ލިޔުންތެރިކަމުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން 3 ބާވަތެއްގެ ނަންލިޔޭ!

ޖ. ދީނީފޮތްތައް، ޢިބްރަތްތެރި ވާހަކަ، ޢިލްމީ މަޒުމޫނުތައް، ކުރުވާހަކަ، ދިގުވާހަކަ، ބަޔޮގްރަފީ، ދަތުރުނާމާ، ތާރީޚީފޮތްތައް.

6. ވަޒަން ބަހުރުވައިގެ ތެރޭގައި ހިމެނޭ ބާވަތްތަކަކީ ކޮބާ؟

ޖ. ބަނދި، ކާ ، ފަރިހި ، ރައިވަރު ، ޅެން ، އަންބާ ، ލަވަ ، އާޅެން

7. ޅެންވެރިން ޅެން ހައްދަވާފައިވާ އެންމެ ޢާއްމު މަޢުޟޫ ތަކަކީ ކޮބާ؟

ޖ. ދީނީ، ޤައުމީ، ލޯބި، ނަޞޭހަތް، ދުނިޔެވީ، ޤުދުރަތީ މަންޒަރުތައް

8. އިހުގެ ދިވެހިންގެ ދިރިއުޅުން އެންމެބޮޑަށް އެނގެނީ ލިޔުންތެރިކަމުގެ ކޮން ބާވަތަކުން؟

އަދި އެއީ ކީއްވެ؟

ޖ.ރައިވަރުން. އެއީ އިހުދިވެހިން ޢާއްމުކޮށް ވާހަކަ ދެއްކުމުގައިވެސް ބޭނުންކުރި އެއްޗެއް ކަމުގައި ވާތީ.

9. އިހު ދިވެހިންގެ ދިރިއުޅުމުގެ ކަންތައްތައް ކުރަމުން ދިޔަގޮތާއި، ދިރިއުޅުމުގައި ބޭނުންކުރި ތަކެއްޗާއި، އޭރުގެ ދިވެހި ބަހުގެ ބަސްކޮށާރު ދެނެގަތުމަށް އެންމެ މުހިއްމު ވަޞީލަތަކީ ކޮބާ؟

ޖ. ރައިވަރު

10. ދިވެހިނގެ ޢާއްމު ދިރިއުޅުމުގައި ފާހަގަ ކުރެވޭ ވަރަށް ގިނަ ކަންތައްތަކަށް ރައިވަރު ހެދިފައިވެއެވެ. އޭގެ ތެރެއިން 3 ކަމެއް ލިޔާށެވެ.

ޖ. މައިން ބަފައިންގެ ފަރާތުން ދީފައިވާ ދީނީ ނަސޭހަތްތައް، ދުނިޔެވީ ހަޤީޤަތްތައް އޮޅުން ފިލުވައި ދިނުން، ދެފަރާތުގެ ދެމެދުގައި އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުން.-

11. ބޮޑުތަރުތީބަކީ ކޮންކަހަލަ ފޮތެއް؟

ޖ. އިސްލާމްދީނުގެ ފިޤުހުޢިލްމާއި ބެހޭ ފޮތެއް

12. ބޮޑުތަރުތީބު ލިޔުއްވީ ކޮން ބޭފުޅެއް؟

ޖ. ޢަލީ އެދުރުތަކުރުފާނު ( އައްޝައިޚު އަލްޚަޠީބު ޢަލީބިން މުޙައްމަދު އަލް މަޙްލީ )

13. ބޮޑުތަރުތީބު ޗާޕުކުރެވުނީ ކޮން އަހަރަކު؟

ޖ. ހިޖުރައިން 1323 ( މީލާދީން 1905 ގައި ބަންގާޅުގަ)

14. "ޞައްޔާޙެއްގެ ޔައުމިއްޔާގެ ގަނޑެއް " މިފޮތަކީ ކޮންކަހަލަ ފޮތެއް؟ އަދި މިފޮތް ލިޔުއްވީ ކޮން ބޭފުޅެއް؟

ޖ. ދަތުރު ނާމާއެއް . ލިޔުއްވީ މުޙައްމަދު އަމީން

15. ތިލަދުންމަތީ ދަތުރުގެ ހަނދާން މިފޮތް ލިޔުއްވީ ކޮން އަހަރަކު؟ އަދި ކޮން ބޭފުޅެއް؟

ޖ. ހިޖުރައިން 1362. މީލާދީން 1943 . ލިޔުއްވީ މުޙައްމަދު ޖަމީލުދީދީ

16. ސިޔަރަތުއް ނަބަވިއްޔާ މިފޮތް ލިޔުއްވީ ކޮން ބޭފުޅެއް؟ އަދި ކޮން އަހަރަކު؟

ޖ. ޙުސައިން ޞާލާޙުއްދީން . ހިޖުރައިން 1356 ، މިލާދީން 1937 ގައި

17. " ފަހުބަސް" މިފޮތުގައި ހުރީ ކޮން ކަހަލަ ވާހަކަ ތަކެއް؟ އަދި މިފޮތް ލިޔުއްވީ ކޮން ބޭފޫޅެއް؟

ޖ. މިފޮތުގައި ހުރީ ކުރުކުރު މަޒުމޫނުތަކެއް. ލިޔުއްވީ މައުމޫން ޢަބުދުލްޤައްޔޫމް

18. ޖަމީލުގެ މަޒުމޫނުތައް 1،2،3 މިތިން ފޮތަކީ އެކިއެކި ނޫސް މަޖައްލާތަކަށް މުހައްމަދު ޖަމީލު ދިދީ ލިޔުއްވާފައިވާ މަޒުމޫނުތައް އެއްކޮށްލައްވައިގެން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އެކުލަވާ ލައްވާފައިވާ 3 ފޮތެވެ. މި ފޮތް ތަކުގައި ހުރީ ކޮން ކަހަލަ މަޒުމޫނު ތަކެއް؟

ޖ. ޖަމީލުގެ މަޒުމޫނުތައް 1 ގައި ހުރީ ދީނީ މަޒުމޫނުތައް

ޖަމީލުގެ މަޒުމޫނުތައް 2ގައި ހުރީ އަދަބީ، ތާރީޚީ، ޘަޤާފީ މަޒުމޫނުތައް

ޖަމީލުގެ މަޒުމޫނުތައް 3 ގައި ހުރީ ދިވެހިބަހާއި ބެހޭގޮތުން ލިޔުއްވާފައިހުރި މަޒުމޫނުތައް

19. ޤައުމިއްޔަތުގެ މައިގަނޑު ބަހާއަކީ ކޮން އެއްޗެއް؟ ޖ. އަދަބިއްޔާތު

20. މުހައްމަދު ޖަމީލު ދީދީއަށް ލިބިލައްވާފައިވާ ބައެއް އިނާމު ތަކާއި ލަޤަބުތަކަކީ ކޮބާ؟

ޖ. އުސްތާޛުލް ޖީލު، ދިވެހި ނޫސްވެރިކަމުގެ ރަންގަލަން

ދިވެހިބަހަށް ޚިދުމަތްކުރެއްވުމާ ދީނީ ފޮތް ލިޔުއްވުމުންޢާއްމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު

21. އުޖާލާވި ރަންތަރިއަކީ ކޮންބޭފޫޅެއް؟

ޖ. މުޙައްމަދު ޖަމީލު

22. ޖަމީލުދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކޮން ތާރީޚަކު؟

ޖ.1 މެއި 1915

23. ޖަމީލުދީދީ މި ދުނިޔެ ދޫކުރެއްވީ ކޮން ތާރީޚަކު؟

ޖ. 15 މާޗު 1989

24. މަރުޙޫމް ޖަމީލަށް ދިވެހި މުޖުތަމަޢުގައި އެންމެ ބޮޑު ޤަދަރަކާއި ޢިއްޒަތެއް ދެވިފައިވަނީ ކޮން ކަމަކުން؟

ޖ. ދީނީ ރޮނގުން ކުރެއްވި ޚިދުމަތްތަކާއި ގުޅިގެން

25. ލިޔުންތެރިކަމުގެ ފަންނުގައި ޖަމީލު ދީދީގެ ކުޅަދާނަކަން ހާމަވާ ދެ ސަބަބެއް ބުނެދީ!

ޖ. ބަހުގެ ބަލާޣާތްތެރިކަމާ، ޝަވްޤު އުފެދޭގޮތަށް ބަސް ގެންނެވުން

މިސާލު ޖެއްސެވުމުގެ ކުޅަދާނަކަން

26. ޖަމީލުދީދީގެ ޑުރާމާތަކާއި ތަމްސީލުތަކަށް މުޅިރާއްޖެއިން ތަރުޙީބު ލިބުނު ސަބަބަކީ ކޮބާ؟

ޖ. ޑުރާމާ ތަކާއި ތަމްސީލުތަކުގެ މަޖާ ކަމާއި، އެއިން ލިއްބައިދޭ ޢިބުރަތުގެ ރަނގަޅުކަމުން

27. ޢަބުދުﷲ ފަހުމީ ދީދީގެ ޅެންތަކުން ފެންނަންހުންނަ 3 ކަމެއް ބުނެދީ!

ޖ. ޢަރަބިތަޢުލީމުގެ އަސަރު ، ދިވެހި ވިސްނުމާއި، ދިވެހި އުޞޫލާއި، ދިވެހި ދިރިއުޅުން

28. ޖަމީލުދީދީ ތަރުޖަމާކުރައްވާފައިވާ ޅެމެއްގެ ނަން ބުނެދީ!

ޖ އީރާނުން ފިލާވަޅެއް

29. ޖަމީލުދީދީއަކީ ފަސްމީރު ކުރިރުކެއްކަން ބަޔާންކުރެވޭ ސަބަބުތަކަކީ ކޮބާ؟

ޖ. ޚިދުމަތް ގިނަވުން، އަދަބީ އުފެއްދުންތައް ގިނަވުން، އެއީ ތެދު ޙައްޤުބަހުން އަހަރެމެންގެ ސިކުނޑިތަކުގެ މައްޗަށް އަސަރު ފޯރުވި ފަރާތެއްކަމުގައިވުން

30. ޤައުމީ ސަލާމް ހެއްދެވީ ކޮންބޭފުޅެއް؟

ޖ. މުޙައްމަދު ޖަމީލް.

31. އުސްތާޛުލް ޖީލުގެ ލަގަބުލިބިވަޑައިގެންފައިވާ ޢިލްމުވެރިޔަކީ ކޮބާ؟

ޖ. މުޙައްމަދު ޖަމީލު.

32- މުޙައްމަދު ޖަމީލަށް އުޖާލާވި ރަންތަރީގެ ނަމުން މަޝްހޫރުވެފައިވަނީ ކޮންރޮގަކުން؟

ޖ. ޅެންވެރިކަމުގެ ރޮގުންނެވެ.

33- މުޙައްމަދު ޖަމީލުގެ ދިރިއުޅުއްވުމާމެދު 3 ފޮޅުވަތަށްވުރެ ދިގުނުވާނެހެން ކުރުތަޢާރަފެއްދޭށެވެ!

ޖ. ސާދާދިރިއުޅުން- މުރާލިކަމުގެ ނަމޫނާއެއް- ވަގުތަށްކަމޭ ހިއްތަވާ- ތަރުތީބު ބޭފުޅެއް- ދީނަށް ހުރުމަތްތެރިކޮށް ހިތްތަވާ އިންސާނީ ރީތި ސިފަތައް ހަޔާތުގެ ޝިޔާރުކަމުގައި ހެއްދެވި.

34- މުޙައްމަދު ޖަމީލުގެ ޤައުމީ ޚިދުމަތް ތަކުގެ ތެރެއިން 3 ޚިދުމަތެއް ލިޔާށެވެ.

ޖ.އުއްތަމަ ފަނޑިޔާރުކަން -– މާލޭ މުނިސިޕަލްޓީގެ ރައީސްކަން – ބަންޑާރަ ނައިބުކަން – މަޖީދިއްޔާ ސްކޫލްގެ ނާޒިރުކަން – ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒެއްގެ އިސްވެރިއެއް.

35- ދީނީ ރޮގުން މުޙައްމަދު ޖަމީލް ކޮށްދެއްވާފައިވާ 3 ޚިދުމަތެއް ލިޔާށެވެ.

ޖ. ދީނީތަރުބިއްޔަތު 1،2،– ތަޢުލީމުދިޔާނާ 1،2،3.– ދުރޫސުޚް އަޚްލާޤު، ދީނުގެ މަގުނެރުއްވުމުގެ ޚިޔާލު، އަލްމިންބަރު، ޝުޢުމާ، އަލީގެ މައްޗަށް އައްޔެއް، ނަބަވީ އިރުޝާދު ހުކުރުޚުތުބާ، ޤުރުއާން ތަރުޖަމާ ލިޔުއްވުން.

36- މުހައްމަދު ޖަމީލު ބަހަށް ކުރެއްވި ޚިދުމަތްތަކާ ބެހޭގޮތުން 3 ފޮޅުވަތައްވުރެ ދިގުނުވާނެހެން ލިޔާށެވެ.

ޖ. ކުޑަކުދީންގެ ބަގީޗާ 2.1 – ދިވެހި ކިޔުން 2.1 - ދިވެހިބަހުގެ ޤަވާއިދު ބަޔާން ކުރައްވާ ފިޔަވަޅު 2.1. 3 ފަދަ ލިޔުންތައް.

37- މުހައްމަދު ޖަމީލުގެ ވާހަކަތަކުގެ ތެރެއިން 3 ވާހަކައެއްގެ ނަން ލިޔޭ!

ޖ. ހުސްނީ ނުވަތަ ކެހިވެރިލޯބި – އައީވެސް އެކަންޏެވެ. ދާނީވެސް އެކަންޏެވެ. – އަލްއައްބާސާ، ހައްތާވެސް ދަރިންނެވެ. ކެޕްޓަން ޕޯލް – ނޫހިޔަޅު، ވާލެކެވެ.

38- ޖަމީލުގެ ތަމްސީލުތަކުގެ ޚަޒާނާއިން ފެންނަ ކުލަތަކަކީކޮބާ؟

ޖ. މަޖާދިރިއުޅުމުގެ ކުލަތައް - ތާރީޚީ ކުލަތައް – އިލްމީ ކުލަތައް.

39- މުހައްމަދު ޖަމީލް ޅެން ހައްދަވާފައިވަނީ ކޮންރޮނގުތަކަކުން؟

ޖ. ދީނީ، ޢިލްމީ، ޤައުމީ، ލޯބި، ސިފަކުރުން.

40. . ދިވެހިބަހުން ފުރަތަމަ ރިވާޔަތެއް (ދިގުވާހަކައެއް) ލިޔުމުގެ ޝަރަފުލިބިވަޑައިގަތީ ކޮންބޭފުޅަކަށް؟

ޖ. އަލްފާޟިލް އަހުމަދު ކާމިލް ދީދީއަށެވެ.

41- "ދޮންބީފާނުވާހަކަ"، "ރިވާޔަތު ނުޢުމާން ވަމަރިޔަމް" މިދެފޮތް ލިޔުއްވީ ކޮންބޭފުޅެއް ހެއްޔެވެ.

ޖ. ހުސެއިން ސަލާހުއްދީނެވެ.

42- ބޮޑުފެންވަޅުގޭ ސީދީގެ ލިޔުއްވުންތަކުން ފާހަގަކޮށް ލެވޭ ދެކަމެއް ލިޔޭ!

ޖ. އަދަބީގޮތުން ލަޠީފު ލޫޅާފަތި ގޮތް، ހެއްވާ ސަމާސާގޮތް.

43- ދިވެހި އަދަބީ ޖައްވު ޒީނަތްތެރިވެ ކުލަތަކުން ފެވެންފެށި ދުވަސްވަރު އުފެދުނު ކޮމެޓީއަކީ ކޮބައިހެއްޔެވެ؟

ޖ. ވާހަކަ ކޮމިޓީއެވެ.

44- ލިޔުންތެރިކަމުގައި މުހައްމަދު އަމީނު ބޭނުން ކުރެއްވި ރަމްޒީ ނަންފުޅުތަކަކީ ކޮބާ؟

ޖ. އގއ، އޯކިޑު.

45- މުހައްމަދު އަމީނުގެ ލިޔުންތެރިކަމާ ބެހޭގޮތުން ލިޔުންތެރިޔާ ދެކެވަޑައިގަންނަވާ ގޮތް ކުރުކޮށް ބަޔާންކުރޭ!

ޖ. ކޮންމެ މަޢުޟޫއެއްގައިވެސް ގަލަންކޮޅު ހިންގަވާލެއް ހަލުވިކަމާއި ފަށުވިކަމާއި ބަލާޣާތްތެރިކަން ނޫސްވެރިކަމާ ތާރީޚީ އަދި ދީނީ މަޢުލޫ ތަކުގައިވެސް ގަލަންކޮޅު ހިންގަވާލެއް ފުރިހަމަކަމެވެ.

46- މުހައްމަދު އަމީނު ލިޔުއްވި ފޮތްތަކުގެ ތެރެއިން 3 ފޮތެއްގެ ނަންލިޔޭ!

- 1 ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަޑެއްގެ ދަށުގައި

- 2 ދަރިއެއްގެ ޝުކުރު

- 3 ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު

- 4 ޚަރުދަނާ އަޚްލާޤު.

47- މުހައްމަދު އަމީނުގެ ލިޔުއްވުންތަކުގެ ތެރެއިން އަދި ނުފެންނަ ބާވަތުގެ ލިޔުމަކީ ކޮބާ؟

ޖ. ހެއްވާ ބާވަތުގެ ލިޔުމެވެ.

48- ދިވެހިރާއްޖޭގެ ލިޔުންތެރިކަމަށް ޚާއްސަ އިންގިލާބެއް އައީ ކޮންދުވަސްވަރެއްގައި؟

ޖ. ޢިލްމާނީ މަތިވެރިނޫރުގެ ޝުޢާއުން އަލި ރައްދުވާން ފެށި ދުވަސްވަރުއެވެ.

49- އޭރުގަ ރާއްޖޭގައި އަދަބީ ޖައްވެކޭކިޔުން އެކަށީގެން ވާފަދަ ޖައްވެއް ނެތްކަމަށް ލިޔުންތެރިޔާ ވިދާޅުވަނީ ކޮންހެއްކެއްގެ މައްޗަށް ބިނާކޮށްފައި ހެއްޔެވެ؟

ޖ. އެއީ ތާރީޚީ ބައެއްލިޔުންތަކާއި ދީނީބައެއް ލިޔުންތައް ނޫނީ ފެންނަންނެތީމައެވެ.

50- ހުސައިން ޞަލާހުއްދީނުގެ ލިޔުއްވުން ތަކުގައި ބޮޑަށް ފެންނަނީ ކޮންސިފައެއް؟

ޖ. ޢިލްމީ ގޮތާއި ދީނީގޮތެވެ.

51- މިޒަމާނުގެ އަދަބީ ޖައްވުގެ ތެރެއިން ތަރިތަކެއް ވިދަން ފެއްޓުމަށް މެދުވެރިވީ ކޮންސަބަބަކާހުރެ؟

ޖ. އެދުވަސްވަރު ވާހަކަ ކޮމެޓީ އުފެދި އެކުވެރިކަމާއި، ސަމާސާވެރި ގުޅުން ޤައުމުގައި ކުރިއަށް ތިއްބެވި ޚާއްސަބައެއްގެ ތެރޭގައި އިއްތިހާދެއް އުފެދުމާގުޅިގެންނެވެ.

52. އަބަދުވެސް އަދީބުންނަށް ޤައުމުބޭނުންވަނީ ކީއްވެ؟

ޖ. އުނގަންނައިދިނުމާއި އޮޅުން ފިލުވައި ދިނުމުގެ ރޮނގުގައި އަދީބުންގެ ޚިދުމަތުން ޤައުމު އަލާނޑޭނޭ ދުވަހެއް ދުވަހަކުވެސް ނާންނާތީއެވެ.

53. ނޫހާއި މަޖައްލާގެ ތަފާތަކީ ކޮބާ؟

ޖ. ނޫހަކީ ޢާއްމުކޮށް ދުވާލަކު އެއްފަހަރު ނުވަތަ ހަފުތާއަކު އެއްފަހަރު ނޫންނަމަ މަހަކު ދެފަހަރު ޤަވާޢިދުން ނިކުންނަ އެއްޗެއް.މަޖައްލާގައި ނޫހާއި އެއްކަހަލަ ކަންތައްތަކެއްހުރި ކަމުގައިވިޔަސް ތަފާތު ކަންތައްތަކެއް އެކުލެވިގެންވޭ! ބޭރުގައި ބޯ ކަވަރެއްލައި، ހީރަސް ޖަހާފައި ހުންނާނީ.

54. ޚަބަރަކީ ކޮބާ؟

ޖ. އެކަމެއް ހިނގިގޮތަށް އަމިއްލަ ޚިޔާލެއް ނުވަތަ އެހެންވެސް ފަރާތެއްގެ ޚިޔާލެއް އޭގައި ނުހިމެނޭ، ފަސްކާފަށް ޖަވާބު ދެވިފައިވާ ގޮތަށް ހުށަހަޅާ ހުށަހެޅުމެއް

55. ދިވެހި ލިޔުންތެރިކަމުގެ ކުލަ ފެންނަން އޮތް އެންމެ ޤަދީމީ ލިޔުމަކީ ކޮބާ؟ ޖ. ލޯމާފާނު

56. ލޯމާފާނަކީ ކޮބާ؟

ޖ. ލޮއިން ހަދާފައިވާ ފޮތިތަކެއް. އޭގައި ކަނޑާ ނަގާ،ލިޔެފައި ހުންނަނީ ރަސްރަސްކަލުންގެ ފަތްފުށް ތައް

57. ލޯމާފާނު ލިޔެފައި ހުރީ ކޮން އަކުރަކުން؟ ޖ. އެވޭލާ އަކުރުންނާއި ދިވެސް އަކުރުން

58. ލޯމާފާނަށްފަހު ލިޔުންތެރިކަމުގެ ކުލަ ފެންނަން އޮތް އެންމެ ޤަދީމީ ލިޔުމަކީ ކޮބާ؟

ޖ. ވަޤުފު ފަތްކޮޅަކާއި، ރާދަވަޅި ކިޔާ ލިޔުމެއް

59. ރާދަވަޅިގައި ހުރީ ކޮންކަހަލަ ވާހަކަ އެއް؟
ޖ. ރަސްރަސްކަލުންގެ ނަންފުޅުތަކާއި، އެރަސްރަސްކަލުންގެ ކޮލި ނަންފުޅުތަކާއި، އެ ބޭފުޅުންގެ މައިބަފައި ކަލުންނާއި، އެބޭފުޅުން ރަސްކަމަށް އިސްވެ ވަޑައިގަތް އަދި ރަސްކަމުން ވަކިވެ ވަޑައިގެންނެވި ތާރީޚުތައް

60. ދިވެހިބަހުން ފުރަތަމަ ލިޔެވުނު ދިގު ވާހަކައކީ ކޮބާ؟ އަދި މިވާހަކަ ލިޔުއްވީ ކޮން ބޭފޫޅެއް؟

ޖ. ރިވާޔަތު މޫސާ ވަ ޒުލޭޚާ 1339 ހ ( 1921މ ) އަޙުމަދު ކާމިލުދީދީ

61. " ރިވާޔަތު މޫސާ ވަ ޒުލޭޚާ " މި ވާހަކައިގައިވަނީ ކޮން ކަހަލަ ވާހަކަ ތަކެއް؟

ޖ. މިޒާޖުގެ ގޮތުން ތަފާތު ދެމީހަކު ކައިވެނީގެ ގޮތުން ގުޅުމުން އެމީހުންގެ ދިރިއުޅުމަށް އަތުވެދާނެ ހަލަބޮލިކަން

62. 1952 ހާ ހިސާބުގައި މުޙައްމަދު އަމީން ސަރުކާރުގެ ޚަބަރަށް ލިޔުއްވި ލިޔުއްވުންތައް ލިޔުއްވީ ކޮންސުރުޚީއެއްގައި؟

ޖ. ޞައްޔާހެއްގެ ޔައުމިއްޔާއިން ގަނޑެއް މިނަމުގައެވެ.

63. ތިލަދުންމަތީ ދަތުރުގެ ހަނދާން ލިޔެވުނީ ހިޖުރައިން ކޮން އަހަރަކު؟

ޖ. ހިޖުރައިން 1362 ގައެވެ.

64. ނައިބުތުއްތު ލިޔުއްވި ޞިއްޙަތު ފޮތަކީކޮބާ؟

ޖ. މިންހަތުލް މަންނާނުއެވެ.

65. ޅެމަކީ ކޮބާ؟ ޖ. ވަޒަނަކަށް ފެތޭގޮތަށް ކާފިޔާ ހަމަކޮށް ކިއިފައި ހުންނަ ބަސްތަކެއް

66. ދިވެހި ޅެން ވެރިކަމުގެ އެންމެ އިސް ބާވަތް ކަމުގައި ބެލެވޭ ބާވަތަކީ ކޮބާ؟ ޖ. ބަނދި

67. ބަނދީގެ ދެބާވަތަކީ ކޮބައި ހެއްޔެވެ؟

ޖ: އެއީ ޅަކުދީން ލޮއްސާން / ކުޅިވަރު / ފޫހިފިލުވާން ކިޔައިއުޅޭ ބަންޖާއި ފަންޑިތައަށް ކިޔައިއުޅޭ ބަންޖެވެ.

68. " ކާ " އޮންނަނީ ކިތައް ބަހުން ؟ ޖ. 4 ބަހުން

69. ދިވެހިންގެ މަސައްކަތްތަކާއި ކަންކަމުގައި ފޯރި ގެނައުމަށް ކިޔައި އުޅުނީ ޅެންވެރިކަމުގެ ކޮން ބާވަތެއް؟ ޖ: އަންބާ

70. ދިވެހި ރާއްޖޭގައި ޅެންވެރިންގެ ދުވަހެއް ފުރަތަމަ ފާހަގަ ކުރެވުނު ދުވަހަކީ ކޮބާ؟ އަދި މިދުވަސް ނިސްބަތްވަނީ ކޮން ބޭފުޅަކަށް؟

ޖ. 1989. އަލްއުސްތާޛު އިބުރާހީމް ޝިހާބު

71. ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ކޮބާ؟

ޖ. ޅެންވެރިންގެ އަގުހުރި މަސައްކަތްތައް ދިރުވައި އެބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުން.

72. އަލްމަރުޙޫމް އާދަމް ސަލީމް ފުރަތަމަ ޅެމެއް ހެއްދެވީ ކޮން ދުވަސްވަރަކު؟

ޖ؛ ދާރުލް އިޤާމާގައި ހުންނެވި ދުވަސްވަރު

73. އާދަމް ސަލީމް ފުރަތަމަ ޅެމެއް ހެއްދެވީ ކޮން މަޖައްލާ އަކަށް؟ އަދި މިޅެމުގެ ނަމަކީ ކޮބާ؟

ޖ: ޅެންވެރިންގެ ގުލްޒާރުގެ ނޫރާނީ މާ . ޅެމުގެ ނަމަކީ " ކައު މުޙައްމަދު މުޞްޠަަފާ"

74. އާދަމް ސަލީމްގެ ޅެންތައް ހިމަނައިގެން ޤައުމީ މަރުކަޒުން ޝާއޢުކުރި ފޮތުގެ ނަމަކީ ކޮބާ؟ ޖ: ގުލިސްތާން

75. އާދަމް ސަލީމުގެ ޅެންތަކުގެ ތެރެއިން މުޅިރާއްޖެއަށް މަޝްހޫރުވެގެންދިޔަ ދެ ޅެމެއްގެ ނަން ބުނޭ!

ޖ: " މިއައި ފާގަތި ރަބީޢުން " " އިޝްޤު ނުވިނަމަ ދޭހުގާ"

76. ފާޠިމަތު ސަޢީދު ޅެން ހެއްދެވި އެންމެ ޚާއްޞަ ރޮނގަކީ ކޮބާ؟

ޖ: މަދަހަ އާއި ވަޢުޒު، ނަމަވެސް ސިފަކުރެއްވުމާއި، ލޯތްބާއި ޤައުމީގޮތުންވެސް ޅެން ހައްދަވާފައިވޭ!

77. އެކަލާންގެ ކުޅަދުންވަންތަކަން ފޯރައެ ވަނިވިހާ ތަންތަނަށް

އެކަލާންގެ ރަޙުމަތްވަންތަކަން ލިބެޔޭމެ ހުރިހާ އެއްޗަކަށް

މިއީ ކާކު ހެއްދެވި ޅެމެއް! އަދި ޅެމުގެ މަޢުޟޫއަކީ ކޮބާ؟

ޖ: އަލްމަރުޙޫމް ޢަލީ މުޞްޠަފާ. ޤުދުރަތުގެ ފިލާވަޅު

78. އަލްމަރުޙޫމް ޢަލީ މުޞްޠަފާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އަދި ދުނިޔެ ދޫކުރެއްވީ ކޮން ތާރީޚަކު؟

ޖ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1341. ދުނިޔެ ދޫކުރެއްވީ 1372 ގައި

79. ތިރީގައިވާ ދެ ޢިބާރާތުން އަންނަނިވި ކަންތައްތައް ހުރި ނެތްގޮތް ބަލާށެވެ.

ދޭހަވުން

ޖުމްލަތަކުގެ ނިމުން

ބަސްކޮށާރު

ޢިބާރާތް 1 :

ވަކަރިހޫ.، ޒީނަތްތެރިކަން ފައުޅުވާ ކަމަށްޓަކައި ކުލަކުލައިގެ ފޭރަމާއި ފަށުވި ފޭރާމުން އަންހެނާ ކަފުންކުޅައިން މަކުރޫހަ ވާހުށި، ވަޤަލަހޫ، ކަފުނުގެ މަދުމިނީ ދިރިހުރި މީހަކުގެ ޢައުރަ ނިވާކުރާ ފަދައިން މައްޔިތާގެ ޢައުރަ ނިވާކޮށްފަނިވި އެއް ފޭރާމެވެ. ފަހެ، އަންހެނާއި ފިރިހެނާ ދެމީހުންގެ ކަފުން އައުރަ ނިވާކުރާ ހިސާބު މިންވަރު ކުރުމުގައި އެދެމީހުންގެ ޢައުރަ ތަފާތުވީގޮތުން ތަފާތުވާހުށި.

(ނޯޓް) ވަކަރިހޫ: އެބައި މީހުންނަށް މަކުރޫޙަ ކަންކަން / ނުރުހޭ ކަންކަން

ޢިބާރާތް 2 :

ޖޫލިޔާގެ އަސްލު ނަމާއި "ޖޫލިޔާ" އަކާގުޅުމެއް ނެތެވެ. ޖޫލިޔާއަކީ ސްކޫލް ދައުރުގައި ކުޅުނު ޑްރާމާއެއްގެ ސަބަބުން ލިބުނު ނަމެކެވެ. އެ ޑްރާމާގައި ޖޫލިޔާއަކީ ޖޫލިއަޓެވެ. ރީތިކަމާއި އަޅައިގަންނަ ސިފަތަކެއްގެ ސަބަބުން، ރޯމިއޯ އެންޑް ޖޫލިއަޓުގެ އެރޯލު ލިބުނީއެވެ. ދުލަށް ފަސޭހަ ކުރުމަށްޓަކައި އެނަން ޖޫލިޔާއަށް ބަދަލުކުރީ އޭނާގެ އެކުވެރިންނެވެ. ކްލާސް ކުދިންނެވެ. އެނަމުގެ ސަބަބުން ޖޫލިޔާއަށް މީހުން ބަލާ ބެލުން ތަފާތުވިއެވެ. ކިބުރުވެރިކަން ނެތުމާއި ފަހުގެ ފެޝަންތަކަށް ލޯބިކުރުމާއި ހަލަބޮލި މިޒާޖުގެ ސަބަބުން ލޯތައް ދަހިވެތިކުރުވައެވެ.

ޖ: ފުރަތަމަ އިބާރާތުގެ ދޭހަކުރުމަށް ބަލާއިރު އޭގައި ބުނާ ވާހަކައެއް އޮޅުންފިލަން ވަރަށް ދައްޗެވެ. އެކަމަކު ދެވަނަ ޢިބަރާތުގައި ބުނަން އުޅޭ އެއްޗެއް ވަރަށް ރަގަޅަށް ދޭހަވެއެވެ. ފުރަތަމަ ޢިބާރާތުގެ ޖުމްލަތަކުގެ ނިންމުމަށް ބަލާއިރު ބައެއް ޖުމްލަތައް "ހުށި" މިހެން ބޭނުންކޮށްގެން ނިންމާފައިހުރިކަން ފާހަގަކުރެވެއެވެ. ނަމަވެސް ދެވަނަ ޢިބާރާތުގެ ޖުމްލަތައް ނިންމާފައި ހުރީ "އެވެ" "ނެވެ" މިފަދަ އަކުރުތަކުންނެވެ. ފުރަތަމަ ޢިބާރާތުގެ ބަސްކޮށާރަށް ބަލާއިރު ޢަރަބިބަސްތަކާއި ބޯދާ މުސްކުޅި ބަސްތައް ގިނަކަން ފާހަގަކުރެވެއެވެ. އެއާ ޚިލާފަށް ދެވަނަ ޢިބާރާތުގައި ހުރީ ވިސްނައިގަންނަން ފަސޭހަ ބަސްތަކެކެވެ. ފުރަތަމަ ޢިބާރާތާ ޚިލާފަށް ދެވަނަ ޢިބާރާތުގައި އިނގިރޭސި ބަސްތައް ގިނަކަންވެސް ފާހަގަކުރެވެއެވެ.

80. ތިރީގައި މިވަނީ އެކިއެކި ލިޔުންތެރިން ލިޔެފައިވާ ބައެއް ފޮތްތަކުގެ ނަންތަކާއި އެފޮތްތައް ލިޔުއްވި މުޞައްނިފުންނާއި އެފޮތްތަކުގެ ބާވަތެވެ.

ފޮތުގެ ނަން

މުޞައްނިފު

ފޮތުގެ ބާވަތް

ބޮޑު ތަރުތީބު

ޢަލީ އެދުރު ތަކުރުފާނު

ފިޤުހު ފޮތެއް

ތުޙުފަތުލް ވުލާތު

ޙާޖީ އެދުރު ކަލޭގެފާނު

ދުޢާތަކާއި ޒިކުރު

މިންޙަތުލް މަންނާން

ނާއިބުތުއްތު

ޞިއްޙަތާބެހޭ ފޮތެއް

ތަޤުވީމުއްލިސާނި

ނާއިބުތުއްތު

ބަހުގެ ޤަވާޢިދު

ސުއްކަތުރާ ޚަބަރު

ނާއިބުތުއްތު

ފެހެންދޫގައި ހުރިއިރު ތުއްތުއަށް ދިމާވި ދަތިޙާލުގެ ވާހަކަ

ސިއްކަމޮހަރީ

ނާއިބުތުއްތު

ފެހެންދޫގައި ހުރެ ރަދުންނަށް ސަނާކިޔާފައި ލިޔުނު ފޮތެއް

ބޮޑުތައުހީދު

އެދުރު ޢުމަރު މާފަތްކަލޭގެފާނު

ޤިޔާމަތްދުވަހާއި މަލާއިކަތުންނާއި މަޙްޝަރުގެ ވާހަކަ

އަރުމާދު ރައިވަރު

ބަނޑޭރި ޙަސަންމަނިކުފާނު

ރަދުން އަރިއަތޮޅަށް ކުރެއްވި ދަތުރުގެ ދަތުރުނާމާ

ދިޔޯގެ ރައިވަރު

ބަނޑޭރި ޙަސަންމަނިކުފާނު

ދެ ދިޔޯއެއްގެ ދެމެދުގައި ހިނގި ޚިޔާލީ ހަނގުރާމައެއްގެ ވާހަކަ

ނުޢުމާނު ވަމަރްޔަމް

ޙުސައިން ޞަލާޙުއްދީން

ލޯބީގެ ވާހަކައެއް

ސީރަތުއްނަބަވިއްޔާ

ޙުސައިން ޞަލާޙުއްދީން

ކީރިތި ރަސޫލާގެ ސީރަތު (ބައޮގްރަފީއެއް)

ދޮންބީފާނު ވާހަކަ

ޙުސައިން ޞަލާޙުއްދީން

ލޯބީގެ ވާހަކައެއް (ދެވަނަ ދިގުވާހަކަ)

ރިވާޔަތު މޫސާ ވަޒުލައިޚާ

އަޙްމަދު ކާމިލްދީދީ

ލޯބީގެ ވާހަކައެއް (ފުތަރަމަ ދިގުވާހަކަ)

ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައި

މުޙައްމަދު އަމީން

ލޯބީގެ ވާހަކައެއް

ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި

މުޙައްމަދު އަމީން

ދެވަނަ ބޮޑު ހަނގުރާމައިގައި ރާއްޖެއަށް ކުރިމަތިވި ދަތިތައް

ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ

މުޙައްމަދު އަމީން

ދިވެހިބަހުގެ ޤަވާޢިދު

ކަރުނަޔާ ނުލައި ކެއްކުން

މުޙައްމަދު އަމީން

ކާއެއްޗެހި ތައްޔާރުކުރާނެގޮތް (ރެސިޕީ ފޮތެއް)

ދިވެހިބޭސްވެރިކަމު އަތްގާތްކޮށްދިނުން

މުޙައްމަދު އަމީން

ދިވެހި ބޭސްވެރިކަމާބެހޭ ފޮތެއް

ތަޢުލީމުއްދިޔާނާ 1،2،3

މުޙައްމަދު ޖަމީލު

ދީނީ ފޮތެއް

ތިލަދުންމަތީ ދަތުރުގެ ހަނދާން

މުޙައްމަދު ޖަމީލު

ދަތުރުނާމާއެއް

ހާޖަރާގެ ހިތާމަ

މަލިން މޫސާ

ދިވެހި ބަހުން ފުރަތަމަ ލިޔުނު ކުރުވާހަކަ

ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ

މުޙައްމަދު އަމީން

އެންމެ ފުރަތަމަ ކުޅުނު ސްޓޭޖް ތަމްސީލް

ގިތެޔޮގުޅިން ނެގި ލޯބި

މުޙައްމަދު ޖަމީލް

ހެއްވާ މަޖާ ތަމްސީލެއް

ލަކުޑި ފޮތް

ނާއިބުތުއްތު

ރާއްޖޭގައި ހެދޭ ލަކުޑީގެ ބާވަތްތަކާއި ކެނޑުމަށް ބޭނުންކުރާ...

81. ތިރީގައި މިވަނީ ލިޔުންތެރިކަމުގެ އެކި ދައުރުތަކުގައި ބަހަށް ޚިދުމަތްކުރެއްވި ބައެއް އަދީބުންނާއި އެބޭފުޅުންގެ ތަޚައްލުޞެވެ.

ނަން

ތަޚައްލުޞު

ޙުސައިން ޞަލާޙުއްދީން

ފަތިހުގެ ތަރި

ބޮޑުފެންވަޅުގޭ ސީދީ

ޙިމާރުލްޤައުމު / މިރުޒާ ޝަކީބު

އަޙްމަދު ޝާކިރު

ޝާޢިރުލް މަޖުހޫލު

ޖަޢުފަރު ކަމާލުއްދީން

ހަސްތީ

ޢަބްދުﷲ ޖަލާލުއްދީން

ޝާޢިރުލްއުމޫމި

މުޙައްމަދު ޖަމީލް

އުޖާލާވި ރަންތަރި / އުސްތާޛުލްޖީލު

އިބްރާހީމް ޝިހާބު

ޝާއިރުއްޝަބާބު / ގުލްފާމް / ޘާގިބު

މުޙައްމަދު އަމީން

އޯކިޑު / ފިނިފެންމާ / އ.ގ.އ / މ.އ

އެންމެފަހުން ބަދަލުގެނެވުނީ ބުރާސްފަތި, 05 ޖެނުއަރީ 2012 15:33
 

Add comment


Security code
Refresh

ހޯދުމަށް

 

ހިޔާލުހުށަހަޅުއްވާ

މިސައިޓުބޭނުންކުރެވޭނީ؟
 

free counters

މިވަގުތު މިސައިޓުގައި

މިވަގުތު 1 މެހެމާނެއް މިސައިޓުގައި
 : ހުޅުދާން އަދަބިއްޔާތު އަދަބުގެ ތަޢާރަފް ސުވާލާއި ޖަވާބު – ގުރޭޑް: 8 ގެ މުޤައްރަރުން